ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބޯޑް މީޓިންގް އެއް ހެޑް އޮފީހުން ބޭރުގައި ކ. ހިންމަފުށީގައި މިއަދު ބާއްވައިފިއެވެ.

ސްޓެލްކޮއިން ބުނާ ގޮތުގައި މިއީ ތާރީހުގައި ވެސް އަދި ސްޓެލްކޯއިން ނުކުރާ ކަމެއް ކަމަށެވެ. މިއީ މާލެ އާއި އަތޮޅުތެރޭގެ ތަފާތު ކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ސްޓެލްކޯގެ ހިންގުމުގައި އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާ ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މިއަދު ހިންމަފުށީގައި ބޭއްވި ބޯޑް މީޓިންގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ލަތީފް އާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ބޯޑުގެ ހުރިހައި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބޯޑު މީޓިންގ މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވުމުގެ ޝަރަފް ހިންމަފުއްޓަށް ލިބިފައިވާ އިރު، އެ ބައްދަލުވުމުގައި ވަނީ މުހިއްމު ބައެއް ކަންކަން ނިންމާފައެވެ.