ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުން ގޮތުގައި ގެންގުލޭ ދިވެހިންނަށް ރޯދަ މަހުގެ އިނާޔާތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގާނޫނު ނަންބަރު 2/2008، ވަޒީފާ އާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާ ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔާތުގެ ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވާނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔާތް ދިން ކަމުގައި ވިޔަސް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންވަރަށް އެ އިނާޔަތް ދެމުން ނުދާ ކަން ފާހަގަ ވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެހެންކަމުން ވަޒީފާގައި ގެންގުޅޭ އެންމެހާ ފަރާތްތަކުން ވެސް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 1445 ވަނަ އަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް ހަނދުމަކޮށްދޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ރޯދަ މަހުގެ އިނާޔާތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ހަނދާންކޮށްދީފައިވާ އިރު، މިއަހަރުގެ ރޯދަ މަސް ފެށެން މި ވަނީ މަހަކަށް ވުރެ ކުޑަތަން ވެފައެވެ. އަންނަ މަހުގެ 11 ވަނަ ދުވަހަކީ 1445 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ބުނާ އިރު އެ ދުވަހުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނެއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ މަހުގެ އެލަވަންސް ލިބޭ. އެކަމަކު މި އެލަވަންސް އެބަޖެހޭ 7000 އަށް ބަދަލުކޮށް މުވައްޒަފުން ގެ އިތުރުން 10 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ދޭގޮތަށް ގާނޫނު ތައް ބަދަލުކޮށްގެން މިކަން ކުރަން. ސަބަބަކީ ދައުލަތުގެ ފައިސާއަކީ އެންމެން ގެ އެއްޗެއް. މަތިވެރި ރޯދައާ ގުޅުވައިގެން ދޭ އެއްޗެއްކަމުގައި ވާނަމަ ރޯދަ ހިފާ އެންމެން ޝާމިލުވާ ހެން ދިނުން މުހިންމުކަމެއް
ޢަނގައިން ބުނެލީމަ އެކަން އެނިމުނީ ސަރުކާރު ޒިންމާ އަދާ ކުރެވުނީ!
ދިވެހިންއެކަންޏެއްނޫން ރޯދަހިފާ ހުރިހައި މީހުނަށްވެސް ދޭންޖެހޭނެ