ނަފްސާނީ ސިއްހަތުގެ ބިލާއި ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭހެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 24 ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ސަރުކާރުން މަޖިލީހަށް 24 ބިލެއް އިއްޔެ ހުށަހަޅުއްވާފައިވާ ކަން ހާމަކުރައްވައިފައެވެ.

މިގޮތުން ސަރުކާރުން ހުށަހެޅި 24 ބިލުގެ ތެރޭގައި މިހާރު ހިނގަމުންދާ 12 ގާނޫނަކަށް އިސްލާހު ހުށަހަޅުއްވާފައިވެއެވެ. ސަރުކާރުން ހުށަހެޅި ބިލުތަކަކީ:

އަލަށް ތައާރަފްކުރާ ބިލުތައް:

  • ބިމުގެ ބިލު
  • ބޯހިޔާވަހިކަމުގެ ބިލު
  • ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލް
  • އާބަން ޑިވެލޮޕްމެންޓާއި ޕްލޭނިންގެ ބިލް
  • ނަފްސާނީ ސިއްހަތުގެ ބިލު
  • ދަތުރު ރާވާ ހިންގުމާ ބެހޭ ހިދުމަތުގެ ބިލު
  • ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު
  • ފޮރިން އިންވެސްޓްމެންޓުގެ ބިލު
  • ޑިޕްލޮމަޓިކް އިމްތިޔާޒުގެ ބިލު
  • ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • މީޑިއާ ކޮމިޝަނުގެ ބިލު

ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް

  • ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު