އެ ބޭފުޅެއްގެ ވެރިކަމުގައި އެ ބޭފުޅެއްގެ ވެރިކަން ދަމަހައްޓާން ނުވަތަ ހިންގަން ލައްވާނީ، ކާސިމުތޯ މުހައްމަދުތޯ ނިންމެވުމަކީ އެ ވެރިއެއްގެ ކަމެކެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ، އެ ބަޔަކަށް އެ ވެރިޔަކު އިތުބާރު ކުރައްވާތީ އާއި ސަރުކާރު ރަނގަޅަށް ހިންގޭނީ އެ ބަޔަކު ލައްވައިގެން ކަމަށް އެ ވެރިޔަކު ދެކެވަޑައިގަންނަވާތީއެވެ.
އަޅުގަނޑު ހިތުން އެހެން ލައްވާ ބޭފުޅުންގެ ކަންތަކުގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭނީ، އޭގެ ތެރޭގައި ޖިނާއީ ކުށްވެރިންނާއި، ޣައްދާރުންނާއި، ދީނުން ބޭރުވެފައި ވާ މުރުތައްދުން ފަދަ، ގާނޫނު އަސާސީގައި މުތުލަގަށް ބުނާ ޝަތުރުތަކުން ބޭރުވެފައި ވާ ބަޔަކު ލައްވާނަމައެވެ.
ހިނގަމުން ދާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވައި ވަޒީރުން އައްޔަން ކުރެއްވި އިރު އާންމުންގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކާއި ހިޔާލުތަފާތުވުންތައް ހުއްޓެވެ. ތަޖުރިބާއެއް، ހިލްމެއް ނެތް ބައެއް ބޭފުޅުންނާއި، ބޭނުމެއް ނެތް ވުޒާރާ ހެއްދެވި ވާހަކަ އޮލަވަމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ ގިނައިން އާންމުން އެ ދެ ވަޒީރެއްގެ ވާހަކަ ދެއްކި 2 ވަޒީރަކީ ޓޫރިޒަމް މިނިސްޓަރާއި ޔޫތް މިނިސްޓަރުގެ ވާހަކައެވެ. އެ ބޭފުޅުންނަށް އެކަން ނުވާނެ ވާހަކަ ދެއްކިއެވެ. ދެން ޖޯކު ޖެހީ ގައުމިއްޔަތު ދިރުވަން ވުޒާރާއެއް ހެއްދެވީމައެވެ.
އިއްޔެއާ ހަމައަށް އައި އިރު އެއީ ހުސް ވާހަކަތަކެއްކަން ސާބިތުވެއްޖެއެވެ. މަޖިލީހުން ރުހުން ދިން ލިސްޓުގައި އެ ވަޒީރުންނާއި ވުޒާރާ ހިމެނި ފާސްވިއެވެ. ފާސް ނުވީ، އާންމުން އެބައެއްގެ 'ކަޑަ' ވާހަކަ މީގެ ކުރިން ނުދައްކާ 3 ވަޒީރެކެވެ. އެއީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ.
މި 3 ވަޒީރުންނަކީ އެ ބޭބޭފުޅުންގެ ޓެރެކް ރެކޯޑާއި ގާބިލުކަމަށް ބަލާއިރު އިތުބާރު ނުލިބޭންވީ ސަބަބު ރައްޔިތުންނަށް އަދިވެސް ނުވިސްނޭ 3 ބޭފުޅުންނެވެ.
ޑރ. ޝަހީމާއި ހައިދަރަކީ މީގެ ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންނެވެ. އެގޮތުން ޝަހީމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ. ޑރ. ހައިދަރު ވަނި ރައީސް މައުމޫންގެ ވެރިކަމުގައި 3 މަހަށް ހައުސިން މިނިސްޓަރުކަން ކުރައްވާފައެވެ. ބަންޑާރަ ނައިބު އުޝާމަކީ ޑެޕިއުޓީ އެތާނީ ޖެނެރަލް ކަމާއި ސޮލިސިޓާ ޖެނެރަލްކަން ކުރައްވާފައި ވާ ބޭފުޅެކެވެ.
ރުހުން ނުދިން، ދެއްކި ހުއްޖަތަކީ ޓްރެކް ރެކޯޑް ހަޑިއޭ!
އިއްޔެ މި 3 ވަޒީރުންނަށް ރުހުން ނުދިން ސަބަބު އަދިވެސް އާންމުންގެ ގިނަ ބަޔަކަށް ސާފެއް ނުވެއެވެ. އެ ސަބަބު އޮޅުންފިލުވުމަށް 'ދަ ޕްރެސް' އިން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިސްވެރިންނާ ސުވާލު ކުރުމުން ސާފުވީ އެ ބޭބޭފުޅުންނަށް ރުހުން ނުދިނީ އެބޭބޭފުޅުންގެ ފަސްބައި ހުތުރުކަމުން ކަމަށެވެ.
ވިދާޅުވީ، ޑރ. ޝަހީމްގެ 'ބޮނަކުއާ ވީޑިއޯ' އަކާއި ގުރުއާނުގެ އާޔަތްތަކަށް ހަޖޫ ޖައްސަވައި 'ވަމަލްއަދުރާ ކަމަށް މަސާޖް' އޭ ވިދާޅުވެފައި ވާ ކަމަށާއި، ކުރިން މިނިސްޓަރުކަމުގައި ހުންނެވި އިރު ޒަކާތު ފަންޑުން ޝަހީމުގެ އާއިލާ އާއި ގާތް ބޭފުޅުންނަށް މަންފާ ވާނެ ފަދަ ކަންކަން ކުރެއްވި ކަމަށް ޕީޖީ ގްރޫޕުގެ މެންބަރުން ޝުއޫރުފާޅުކުރެއްވި ކަމަށެވެ.
ޑރ. ހައިދަރާ ގުޅޭ ގޮތުން ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގެން، ކުރީ ސަރުކާރުން ހަދާފައި ހުރި އެއްވަސްވުން ތަކަށް އިހުތިރާމް ކުރައްވަން ނުޖެހޭނެ ކަމަށް ވިދާޅުވުމާއި، މާލޭގެ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމަށް އޭނާގެ ސަބަބުން ހުރަސް އެޅިގެން ދާ ކަމަށެވެ.
އުޝާމާ ގުޅޭގޮތުން ބުނެފައި ވަނީ، އޭނާ ކުރިން މަގާމުގައި ހުންނެވި އިރު މަގާމުގެ ނާޒާއިޒު ފައިދާ ނަންގަވައިގެން ކަންކަން ކުރެއްވުމާއި ގާތް އެކިއެކި ފަރާތްތަކަށް މަންފާވާނޭ ފަދަ ކަންކަން ނިންމާވާފައި ވާ ކަމަށެވެ.
އޭގެ އިތުރުން ޕީޖީ މެންބަރު ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދޭން ނިންމީ އެފަދަ އެތައް މައްސަލައަކާ މެދު ޕީޖީ ގްރޫޕުގައި ފުޅާދާއިރާއެއްގައި ބަހުސް ކުރުމަށް ފަހު ވޯޓަށް އަހައިގެން ކަމަށާއި، އަމަދު ކުރީ ނެރެފައި އޮތް 3 ލައިން ވިޕާ އެއްގޮތަށް ކަމަށެވެ.
އެ ވިޕްގައި އިކޮނޮމިކް މިނިސްޓަރު ސައީދަށް ރުހުން ނުދޭންވެސް ހިމެނިއެވެ. ނަމަވެސް ވިޕާ ހިލާފުވެ އެމްޑީޕީގެ ބައެއް މެންބަރުން ސައީދަށް ރުހުން ދީ އޭނާ ފާސްކުރިއެވެ.
އެހެންވީމާ، ވިޕަކީވެސް އެހެން އަދި ހިނގާ އެއްޗެއް ނޫންތާއެވެ.
ދެން އޮތީ ރުހުން ނުދިން 3 ވަޒިރުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައެކެވެ. އެވާހަކަތަކުގެ ތެރެއިން ޑރ. ޝަހީމާ ގުޅުވާ ދެއްކި ވާހަކަ ނުވަތަ އެ ބުނާ ވީޑިއޯއެއްގެ ފަހުންވެސް އޭނާ ވަނީ ވަޒީރުކަން ކުރައްވާފައެވެ. އޭރު އެކަން ކަމަކަށް ނުވެފައި މިހާރު ކަމަކަށް ވުމަކީ 'ޖޯކެކެވެ'. ދެން ހައިދަރާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ބޯހިޔާވަހިކަމުގައި އޭނާއަށް އަތްއަޅުއްވިދާނެ ކަމަށް ހީވުމަކީވެސް 'މޮޔައިންގެ ވިސްނުމެކެވެ'. އެހެނީ އެއީ ވަޒީރު އެކަންޏަށް ނިންމާލައި ފައިލް ކުރެވޭ ޒާތުގެ ކަމަކަށް ނުވާތީއެވެ. ދެން ބަންޑާރަ ނައިބާ ގުޅުވާ އެޅި ހަމައިގައިވެސް ހުރީ ހުސް ވާހަކައެވެ. ސާބިތު ހެއްކެއް ނެތެވެ.
ހޮޅި ވާހަކަ ދެއްކީ ކީއްވެ؟
ޑރ. މުހައްމަދު މުއިއްޒު ވަޒީރުން އައްޔަން ކުރި ހިސާބުން ފެށިގެން ވެސް ދައްކަމުން އައި އެއް ވާހަކަ އަކީ ރުހުން ނުދޭނެ ކަމުގެ ވާހަކަތަކެވެ. ބަންދު ކޮޓަރިތަކުން ވީއްލި ސައި ހޮޓާތަކުގެ ސައިމޭޒާ ހަމައަށް އެވާހަކަތައް ތިލަވިއެވެ.
އިއްޒަތްތެރި ބައެއް މެންބަރުން ބުނަމުން ދިޔައީ ރުހުން ނުދޭން އެކިއެކި މެންބަރުން ދައްކަވާ ވާހަކަތަކުގައި އެ މެންބަރެއްގެ މުހުތާދުތަކެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ބައެއް މެންބަރުން ބޭނުންވީ ބޯމަތިވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވާން ކަމަށާއި ބައެއް މެންބަރުން ބޭނުންވީ މާލީ އެހީތެރިކަން ކަމަށެވެ. އަނެއް ބަޔަކު ބޭނުންވީ ޓިކެޓް ކަމަށް ވެސް ބައެއް މެންބަރުންގެ ފަރާތުން ސާފުވެފައި ވެއެވެ.
އެވާހަކަތަކަށް ބާރުލިބޭ ދެކަމެއް މިތާ ފާހަގަ ކޮށްލާނަމެވެ. އެއްކަމަކީ ރުހުން ދިނުމުގެ ވާހަކައިގެ ތެރޭގައި އެމްޑީޕީ ދޫކޮށް ޕީއެންސީއަށް 13 މެންބަރަކު ދިޔުމާއި، ރުހުން ދިނުމުގެ ވޯޓަށް ފަހު ބޭއްވި ޕީއެންސީ ކޯލިޝަންގެ ޕްރެސްގައި ބައެއް މެންބަރުންނަށް ފައިސާ ހުށަހެޅިކަމަށް ބުނެފައި ވުމެވެ.
މިވާހަކަތަކުން ދޭހަވަނީ، ރުހުން ނުދިނުމުގައި އޮތީ ޒާތީވުމެއް ވެސް ނޫން ކަމާއި އޮތީ އަމިއްލަ މުހުތާދުތަކެއް ފުއްދަން ބޭނުންވުން ކަމެކެވެ.
އެހެން ކަމުން ރުހުން ނުދިން ސަބަބު ބަޔާންކޮށް އެމްޑީޕީގެ ޕީޖީން އެޅީ 'ހުސް ހޮޅި ހަމަ' އާއި ދެއްކީ 'ހުސް ހޮޅި ވާހަކަ' ކަން ސާފުވެއެވެ.
އަދި އިތުރުކޮށްލާނަން އެމްޑީޕީ ވެރިކަމުގައިވެސް ޝަޙީމު އިސްލާމިކް މިނިސްޓްަރީގެ މަތީފަޑީގަ އުޅުއްވި