ރާއްޖޭގައި ގިނަ މީހުން ބޭނުން ކުރަމުންދާ މަޝްހޫރު މީޑިއާ އެޕްލިކޭޝަން، ބައިސްކޯފުގެ މަހު ފީ އެމް-ފައިސާއިން ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

މިއަދު ވެވުނު އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދެއްކޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި މިއީ ބައިސްކޯފު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އުރީދޫއިން ބުނެއެވެ.

ބައިސްކޯފު އެޕްލިކޭޝަންއަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ. ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބެލޭނެ މަގުފަހިކޮށްދީފައި ވެއެވެ.

މި އެއްބަސްވުން ސިފަ ކުރައްވާ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު ވިދާޅުވީ "އުރީދޫ އާ ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާއފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނަރޝިޕާއެކު ކުރިއަށް އޮތަތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރު ތައް ލިބިގެންދާނެ." ކަމަށެވެ.

ބައިސްކޯފުގައި އެމް-ފައިސާ ބޭނުންކުރުމަށް އެންމެ ފަހުގެ އެޕް ޑާއުންލޯޑު ކުރުމަށްފަހު ފީ ދެއްކޭނެއެވެ. އެމް-ފައިސާ އަށް ރެޖިސްޓާ ވާން ބޭނުންނަމަ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭނެއެވެ.