ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ އެއާޕޯޓުތަކުގެ 2024ވަނަ އަހަރުގެ އެއާޕޯޓު އެމަޖެންސީ އެކްސަސައިޒްއަށް ތައަޔާރުވާން ފަށައިފިއެވެ.

އާރްސީއެލްއިން ބުނީ އެއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ އިންޓަނޭޝަނަލް އޭޖެންސީކަމަށްވާ އައިކާއޯއިން ހުރިހާ އެއާޕޯޓަކަށް އަހަރަކު 1 ފަހަރު ހިންގުމަށް މަތިކޮށްފައިވާ އެއާޕޯޓް އެމަޖެންސީ އެކްސަސައިޒްއެއް ކަމަށެވެ.

އެ އެކްސަސައިޒްގެ ބޭނުމަކީ އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެއާޕޯޓް އަދި އެއާޕޯޓް ހިމެނޭ ސަރަހައްދުގައިވާ ގުޅުންހުރި މުއައްސަސާތައް އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތައް ބަލާ، މުރާޖައާކޮށް އަދި އެއަށް ފަރިތަވުން ކަމަށް އާރްސީއެލްއިން ބުނެއެވެ.

އާރްސީއެލްއިން ބުނީ އެ ތަމްރީންތަކުގައި އެއާޕޯޓު، ކައުންސިލްތައް، ޕޮލިސް، އެމްއެންޑީއެފް، އަދި ހެލްތް ސެންޓަރުތައް ބައިވެރިވާނެ ކަމަށެވެ.