ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަރާތަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ ރޭ 22:15 ހާއިރު ފުވައްމުލައް ސިޓީ ބޮޑު ފަންނު މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިކަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި 30 އަހަރުގެ ދިވެހި ފިރިހަނަކަށް އަނިޔާވެފައިވާއިރު އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގުކުރަމުންނެވެ.

ފުވައްމުލައް ސިޓީއަކީ ނިސްބަތުން މަގުމަތީގެ އެކްސިޑެންޓް ގިނަ ސިޓީއަކަށްވާއިރު، މިދިޔަ އަހަރުގެ ފަހު 3 މަހުވެސް 7 އެކްސިޑެންޓެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

.