އުރީދޫ މޯލްޑިވްސްއިން ސެމްސަންގް S24 ސީރީޒްގައި ހިމެނޭ 3 މޮޑެލްގެ ޕްރީ އޯޑާއަށް ހުޅުވާލައިފިއެވެ.

ސެމްސަންގް S24 ސީރީޒްގެ 3 މޮޑެލްގެ ގޮތުގައި ހިމެނެނީ ސެމްސަންގް ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރައެވެ.

ސެމްސަންގް S24 ސީރީޒް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އުރީދޫއިން ރޭ 12:00ގައި ވަނީ ހުޅުވާލާފައެވެ. އަދި ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވާހާ ހަމައަށް އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ލިބިގެންދާ ހަދިޔާ:

  1. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
  2. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
  3. އެޑޯބް ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާ
  4. އެޑޯބް އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފާ
  5. ފުރަތަމަ ޕްރީ އޯޑާ ކުރާ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗާ

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.