އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ޕްރަމްޖީތް ކައުރުގެ ލޯބިވެރިޔާ، އަންގްރޭޒް ސިންގް ލޯބިވެރިޔާ ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އިމްތިހާނު ހަދައިދޭން ގޮސް އިންދާ ފަޅާއަރައިފިއެވެ.

އަންގޭޒް އެގްޒާމް ހޯލަށް ވަން އިރު އެއީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަކިވާވަރަށް ވުރެ މޭކަޕް ފުރިހަމައެވެ. ނުވިތާކަށް އޭނާ ދިޔައީ އަންހެން ކުއްޖާގެ ނަމުގައި ވަގު ވޯޓު ކާޑާއި، އާދަރު ކާޑު [ކާބޯތަކެތި ގަނެ ހަދާއިރު އިންޑިއާ ރައްޔިތުން ބޭނުން ކުރާ ކާޑެއް] ވެސް ހިފައިގެންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕަންޖާބުގެ ބާބާ ފަރީދު ޔުނިވާސިޓީގައި އޮތް މަލްޓި ޕާޕޯސް ހެލްތްވޯކަރުންގެ އިމްތިހާނެއް ހަދަން އުޅުމުގެ ތެރޭގައެވެ.

ރަތް ތަނޑު އަޅައި ތުންފަތުގައި ލިޕްސްޓިކް ޖައްސާ، ނިއްކުރީގައި ބިންދީ ޖަހާ، އަންހެން ހެދުން އަޅައިގެން އެގްޒާމް ހޯލަށް އަންގްރޭޒް ވަނދެ އިންދާ އޮފިޝަލުންނަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން އެއީ ޕަރްމްޖީތް ނޫންކަން އެނގުނެވެ.

އެގްޒާމް އޮފިޝަލުން އަންގްރޭޒް ގޮވައިގެން ގޮސް ފިންގާ ޕްރިންތް ނަގާ މެޝިނުން ފިންގާ ޕްރިންޓް ނަގަން އުޅެއުޅެ ކާމިޔާބު ނުވުމުން ޝައްކު ޔަގީން ކުރެވި ފުލުހުންނާ ގުޅާ އޭނާ ފުލުހާ ހަވާލު ކުރީއެވެ.

އޮފިޝަލުން ބުނީ، ދަރިވަރުންގެ ފިންގާ ޕްރިންޓް ރަޖިސްޓާ ކޮށް ބަޔޯމެޓްރިކް ނެގޭނެ އިންތިޒާމް ހަމަޖައްސާފައި ހުރި ކަމަށާއި އަންގްރޭޒް ލައްވާ ފިންގާ ޕްރިންޖް ޖަހާ ކޮންމެ ފަހަރަކު އެރާއެއް އަރާ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ލޯބިވެރިޔާ ޕަރްމްޖީތުގެ އިންތިހާނު ވެސް ނުހެދި އޭނާ ޑިސްކޮލިފައި ވުމުގެ އިތުރުން އަންގްރޭޒް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.