ރާއްޖެއިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދެވެ.
އެ އެއްބަސްވުން ތަކުގެ ތެރޭގައި އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެއްބަސްވުމަކާއި އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް އެއްބަސްވުމެއް ހިމެނެއެވެ.
ގްރީން އެންޑް ލޯ ކާބަން ޑިވޮލަޕްމަންޓް އެންޑް ބްލޫ އިކޮނޮމިކް ކޯޕަރޭޝަންގެ އެމްއޯޔޫއަކާއި ޑިޒާސްޓާ ރިސްކު ރިޑަކްޝަން އެންޑް އިންވެންޓްމަންޓް އޮން ގްރީން ޑިވޮލަޕްމަންޓް އެމްްއޯޔޫއެއްގެ އިތުރުން ޓެކްނިކަލް ކޯޕަރޭޝަން އެންޑް އެގްޒިޓް އޮފް ޕްލާންޓް އެންޑް އެނިމަލްސް/ އިންވެސްޓްމަންޓް އޮން ޑިޖިޓަލް އިކޮނޮމީ އަދި އެގްރިކަލްކާ ކޯޕަރޭޝަން، އެމްއޯޔޫ އޮން ލެބް އިކުއިޕްމަންޓްސް އެންޑް އެމްއޯޔޫ އޮން ހިއުމަން ރިސޯސް ޑިވޮލަޕްމަންޓްގެ އެމްއޯޔޫއެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
އޭގެ އިތުރުން ޓޫރިޒަމް ކޯޕަރޭޝަން އަދި ސޯޝަލް ހައުސިނާއި ނިއުސް ކޯޕަރޭޝަން/ އެކްސްޗޭންޖް އޮފް ލެޓާސް އޮން ކޮކޮނަޓް ޕެސްޓް ކޮންޓްރޯލް އަދި އެމްއޯޔޫ އޮން މީޑިއާ ކޯޕަރޭޝަންގެ އެމްއޯޔޫއެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
ރައީސް ޗައިނާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ދެއްކެވުމަށް ހަމަޖެހިފައިވާއިރުމި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.