މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ ގެ އެންމެ މަގްބޫލް ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" އަށް ބިނާކޮށް އުފައްދާ ފިލްމު އަންނަ މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ ގެ އެންމެ މަގްބޫލް ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" ރިލީޒްކުރަން ނިންމާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ފިލްމުގައި ލިލީ ކެރެކްޓާ ގެ ރޯލު ބްލޭކް ލައިވްލީ ކުޅޭއިރު ރައިލް ގެ ރޯލު ކުޅެނީ ޖަސްޓިން ބަލްޑޯނީއެވެ. މި ފިލްމަކީ ބަލްޑޯނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. އަދި އެޓްލަސްގެ ރޯލުން ފެނިގެންދަނީ ބްރެންޑަން ސްކެލަނާއެވެ. އަދި ކުޑައިރުގެ އެޓްލަސް ރޯލު ކުޅެނީ އެލެކްސް އެވެ.

ކޮލީން ގެ "އިޓް އެންޑްސް ވިތް އަސް" އަކީ އޭނާ ލިޔުނު ފޮތްތަކުގެ ތެރެއިން ވެސް އެންމެ މަގްބޫލު އެއް ފޮތެވެ. 20 މިލިއަނަށް ވުރެ ގިނަ ފޮތް ވިކުނު އިރު އެ ފޮތް ވެފައިވަނީ މިދިޔަ އަހަރު އެންމެ ވިކުނު ވާހަކައަށެވެ.

މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ.