ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ބައްޕަ ނ. ކުޑަފަރީ ކާމިނީގޭ މުހައްމަދު ގާސިމް ނިޔާވެއްޖެއެވެ.

މުހައްމަދު ގާސިމް ނިޔާވެފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮނެވެ. އަދި ނިޔާވި އިރު، އުމުރަކީ 81 އަހަރެވެ.

ކުޑަފަރީގައި އުޅުއްވަނިކޮށް ބަލިފުޅުވެވަޑައިގެން ފަރުވާ ދިނުމަށް ގާސިމް މޭލެ ގެނެސް އޭޑީކޭގައި އެޑްމިޓް ކޮށްފައި ވަނީ މީގެ 2 ދުވަސް ކުރިންނެވެ.

މުހައްމަދު ގާސިމް ވަނީ ކުޑަފަރީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ރަށުގެ ކަތީބު ކަމާއި ރަށު ސްކޫލުގެ ނާޒިރުކަން ވެސް ވަނީ ކުރައްވާފައެވެ.