ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ބިދޭސީ ފިރިހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ދެރަވެގެން ދާންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ރޭ 12:25 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ.

މަރުވެފައިވަނީ އުުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެކެވެ.

ދާންދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.