އައްޑޫ ގަމާ ދިމާ ބޭރަށް މަސް ހިފަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ގެއްލިގެން ހޯދަމުން ދަނީ މަސް ހިފަން މޫދަށް އެރި އުޅުނު އުމުރުން 18 އަހަރުގެ ޒުވާނެއް ކަމަށް ވާ، ސ. މަދަރޫ ކުރެދުމާގެ މުހައްމަދު ނައީޝް ކަމަށެވެ.

އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ސިފައިންނަށް ލިބިފައި ވަނީ މިރޭ ދިހައެއް ޖެހި ފަހުން ކަމަށް ވެސް ބުނެފައި ވެއެވެ.

ނައީޝް ގެއްލުނު ހާދިސާ އާ ގުޅިގެން މަރަދޫ ޓައުން އޮފީސް ފޭސްބްކް ޕޭޖްގަައި ވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި އާންމުން އުޅެދިނުމަށް އެދިފައެވެ. އަދި ދޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ އެހީތެރިކަމަށް ވެސް އެދިފައި ވެއެވެ.

މި ހާދިސާގައި ނައީޝް އާ އެކު އިތުރު ބަޔަކު ދިޔަ ކަމެއް ނުވަތަ އޭނާ ގެއްލުނު ވަގުތު މޫދުގައި ރާޅާއި އޮއި ހުރި ގޮތެއް އަދި ބާރުމިނެއް ސާފެއް ނުވެއެވެ.

އައްޑުއަތޮޅަކީ އެއްކޮށްގުޅިފައި ހުންނަ ރަށްތަކެއް އޮންނަ އަތޮޅެއް ނަމަވެސް އަތޮޅުގެ ބޭރު (ފުއްޓަރު) ފަރާތަކީ ފަރާއެކު އޮންނަ މާ ކަނޑެވެ.