އެސްޓީއޯގެ 59 ވަމަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ސޭލެއް މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ސޭލް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 20 ޕަސެންޓް އާއި ހަމައަށް ބޮޑެތި ޑިސްކައުޓްތައް ދިނުމަށް ވަނީ ނިންމާފައެވެ. މި ސޭލް ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ. އަދި 20 ޑިސެމްބަރު (މާދަމާ)ގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިސް ހަދިޔާލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ސޭލެއް 2022 ވަނަ އަހަރު ކުރިޔަށް ގެންގޮސްފައިވާއިރު އެ ސޭލަށް ވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން މީގެ އިތުރުންވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެސްޓީއޯގެ ތާރީހާ ބެހޭގޮތުން ހާއްސަ ސޯޝަލްމީޑިއާ ކެމްޕެއިނެއް ހިންގުމަށް ހަމަޖެހިފައިވާއިރު އެސްޓީއޯ ސްޓާފުންގެ މުދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައްވަނީ ރާވާފައެވެ.