އަޕުރްވާގެ ސްޓޯރީލައިން: އިންޑިއާގެ ސިޓީއެއްކަމަށްވާ ގްވާލިއާ އިން އާގަރާ އަށް ދިޔަ މަގުމަތީގައި ޒުވާން އަންހެނަކު ރަހީނުކޮށް އޭނާ ހައްޔަރުކުރަނީ އަވަށުގެ ހަތަރު ކުށްވެރިންވެގެންނެވެ. މިއީ ދިރިހުރުމަށްޓަކައި އަޕުރްވާ ކުރި މަސައްކަތުގެ ވާހަކައެވެ.

  • މައިގަނޑު ތަރިން

ތާރާ ސުތައިރާ (އަޕުރްވާ)، ދާރިޔާ ކަރްވާ (ސިދާތު)، ރާޖްޕާލް ޔާދަވް (ޖުގްނޫ)، އަބީޝޭކް ބަނެރްޖީ (ސުއްކާ)، ސުމިތު ގުލާތީ (ބައްލީ) އަދި އާދިތްޔާ ގުޕްތާ (ޗޯޓޫ) އެވެ.

  • އަޕުރްވާ ރިވިއު:

ރޯޑް ސަވައިވަލް ފިލްމުތަކަކީ އާންމުކޮށް ތުރިލާ، ކުރައިމް، ޑްރާމާ، އަދި އެކްޝަން އެއްކޮށްގެން އުފައްދާފައިވާ ފިލްމުތަކެކެވެ. މި ފިލްމުތައް ބެލުމަށް ގޮނޑިތަކުގެ އެއް އަރިމަތީގައި ތިބެ ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ފިލްމު އެއްކޮށް ބަލާ ނިންމާލެވެއެވެ. މި ވާހަކަ ދަތުރުކުރަނީ ކޮން ދިމާލަކަށް ކަމަށް ލަފާކުރެވުނު ނަމަވެސް ޝައުގުވެރިކަން އޮތީ ދަތުރުގައި ނޫން ކަމަށް ފިލްމުން ފެނިގެންދިޔައެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރު ނިކިލް ނާގޭޝް ބާޓް އާއި ޑިރެކްޓަރު އޮފް ފޮޓޯގްރަފީ އަންޝޫމާން މަހާލީ ވަނީ އެމީހުން ސިފަކޮށްދޭންވި މަންޒަރު ހަމަ ރަނގަޅަށްވެސް ބެލުންތެރިންނަށް ސިފަކޮށްދީފައެވެ. އެކަން އިތުރަށް ފުރިހަމަކޮށްދެނީ ފިލްމު ތައްޔާރުކޮށްފައިވާ ލޮކޭޝަންގެ ސަބަބުންނެވެ.

ފިލްމުގެ ސެޓްއަޕް އަކީ މަދްޔަ ޕްރަދޭޝްގެ ފަޅު ރަށެއްގައި ތައްޔާރުކޮށްފައިވާ ސެޓަޕެކެވެ. އެތަނުގައި އެއްވެސް ދިރިހުރި މީހެއްގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަޕުރްވާ އެތަނުގައި ރަހީނުކޮށްފައިވެއެވެ. ހަގީގަތުގައި އެމީހުންގެ މަންޒިލަކަށްވީ އަޕުރްވާއެއް ނޫނެވެ. އަޕުރްވާ އިން ބަހުގެ ޑްރައިވަރު މިބުނާ ހަތަރު ކުށްވެރިން ދުއްވަމުން ދިޔަ ކާރަށް ތަންނުދިނުމުގެ ސަބަބުން ބަސް ހުއްޓުވުމަށްފަހު ބަސް ދުއްވަން އިން ޑްރައިވަރު މަރާލައެވެ. ބަސްތެރޭގައި ތިބި މީހުންގެ އަތުން އަގުބޮޑެތި މުދާ ފޭރިގަންނަން އުޅުމުގެ ތެރޭގައި އަޕުރްވާގެ ފޯނަށް ކޯލެއް އާދެއެވެ. ގުޅަނީ އޭނާގެ ލޯބިވެރިޔާ ސިދާތެވެ. ފޯނު ފެނުމާއެކު ސުއްކާ، އަޕުރްވާގެ ފޯނު ޖަހައިގަނެއެވެ. ފޯނު ސަލާމަތްކުރަން އަޕުރްވާ އުޅުމުގެ ސަބަބުން އެ މީހުންވެގެން އަޕުރްވާ ރަހީނުކުރެއެވެ.

އަޕުރްވާ ކިޑްނެޕްކޮށް ރޭޕްކުރަން އެ ހަތަރު މީހުން ވިސްނިއެވެ. ނަމަވެސް ޗޯޓޫ އަތުން އަޕުރްވާ "މަރު" ވެއެވެ. އެ މީހުން ހީކުރީ އޭނާ މަރުވީ ކަމަށެވެ. ނަމަވެސް އެއީ އަޕުރްވާ ކުޅެލި ކުޑަ ޑްރާމާއެކެވެ. ނުބައި މީހުންތައް ތެރެއިން އޭނާ ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އޭނާ މަރުވެފައި އޮތް ކަމަށް ހެދުން ކަމަށް އޭނާ ގަބޫލުކުރިއެވެ. ކޮންމެއަކަސް އަޕުރްވާ މަޑުމަޑުން އެތަނުން ނުކުމެ އެމީހުންނަށް ފިލައެވެ. ނަމަވެސް ޗޯޓޫ އަށް އަޕުރްވާ ފެނެއެވެ. އަޕުރްވާ އާއި ޗޯޓޫގެ ތަޅާފޮޅުންގަނޑުގެ ތެރެއިން ޗޯޓޫ މަރުވެއެވެ. އަޕުރްވާ ސަލާމަތްކުރުމަށް އޭނާގެ ލޯބިވެރިޔާ ސިދާތު ފުލުހުންނާއެކު މަސައްކަތްކުރިއެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެންދާނެ ގޮތް ބަލާލުމަށް ފިލްމު ބަލާލާށެވެ. މި ފިލްމު މޫވީ ލިންކުން ބެލޭނެއެވެ.

ސިއްސައިގެން ގޮސް، ނޭވާ ހިފަހައްޓާލައިގެން އިދެ ފިލްމެއް ބަލަން ބޭނުންނަމަ މި ފިލްމަކީ އެންމެ އެކަށީގެންވާ ފިލްމެކެވެ.