ކޮންމެ ފަހަރަކު ބޯހިޔާވަހިކަމުގެ މަޝްރޫއުތަށް އިއުލާނުކޮށް މީހުން ހޮވުމުގެ ބަދަލުގައި ގެދޮރު ބޭނުންވެފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް އެކުލަވާލަން ސަރުކާރުން ނިންމައިފި އެވެ.
ކުރީ ސަރުކާރުން ދޫކުރަން އިއުލާނުކޮށްފައިވާ 4000 ފްލެޓުގެ މައްސަލައާ ގުޅިގެން މިއަދު ކުރިއަށްދިޔަ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެފަދަ ފަރާތްތަކަށް ވެއިޓިންގް ލިސްޓެއް އެކުލަވާލުން ކަމަށެވެ.
ލިސްޓު އެކުލަވާލުމަށްފަހު އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުންދާ ގޮތް ބަލާ ލިސްޓު ބަދަލު ކުރަމުންދާނެ ކަމަށާއި އޭގެ ސަބަބުން ކޮންމެ ފަހަރަކު މަޝްރޫއަށް އިއުލާނުކޮށް ޕޯޓަލް މެދުވެރިކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރުމަށްވުރެ ފަސޭހަ ވާނެ ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.
"[އޭރުން އެނގޭނެ] ކޮބައިކަން ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދައިދޭންވީ ބަޔަކީ. [އެ ބަޔަކު] އައިޑެންޓިފައި ކޮށްގެން ލިބޭނެ ގޮތަކަށް ހަމަޖައްސަން،" ހައިދަރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރަން އިއުލާނުކޮށްފައިވާ ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ ލިސްޓާއެކު ގިނަ ޝަކުވާތަކެއް ފެންމަތިވުމުން, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ނޫނީ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ.
ނަމަވެސް އޭރު އޭސީސީން އެންގި ގޮތަށް ހައުސިން މިނިސްޓްރީން އަމަލު ނުކުރާ ކަމަށް ބުނެ ކޮމިޝަނުން ވަނީ ފްލެޓު ދިނުމުގެ މަސައްކަތް ހުއްޓާލަން އަންގާފަ އެވެ. އެ މަސައްކަތް މަޑުޖައްސާލުމަށްފަހު އޭސީސީން އެ މައްސަލަ ބަލަމުންދާތާ މަސް ދުވަސް ވާން ގާތްވެފައިވީ ނަމަވެސް ތަހުގީގު ނިމޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ހައިދަރު ދޮގާއި މަކަރުވެރި ހިޔަޅުގެ އުސޫލުގެ ވާހަކަ ދަށްކަން އުޅޭނެކަމެއްނެއް ކަލޭމެނީ ދޮގާއި މަކަރުވިއްކައި ގެން އައިސްފައިވާ ބައެއް ރަގަޅުއެއްވެސް ކަމެއް ނުކުރުވޭނެ
ލިސްޓެއް ހެދީމައި ވާކަމެއް އޮންނާނެތަ