ހައްދުފަހަނަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އާބަންކޯ އިން ބުނީ ފަލަސްތީނަށް އެހީވުމަށް ބާއްވާ ހާއްސަ ފަންޑް ރައިޒިންގް އިވެންޓް ޑިސެމްބަރު 1 ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 06:00 އަށެވެ. އަދި ރޭގަނޑުގެ ދަންފަޅި 08:00 އިން 10:00 އަށް ކުރިއަށް ދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯ އިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބާއްވާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ. މީގެ ކުރިންވެސް ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު މިދިޔަ އޮކްޓޯބަރު މަހު ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފަންޑްރައިޒް ހަރަކާތްތައް ބާއްވަމުން އަންނައިރު ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.