ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި މުންއިމް އަނީސް މަގާމުން ވަކިކޮށްފިއެވެ.
މުންއިމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށްވާއިރު އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މުންއިމް އެ މަގާމުން ވަކިކުރި ސަބަބު އަދި ސާފެއް ނުވެއެވެ.
މުންއިމް އެ މަގާމުން ވަކިކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ފަހުމީ ހަސަން ވެސް އެ މަގާމުން ވަނީ ވަކިކޮށްފައެވެ.
ފަހުމީ އަކީ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުގައި ހުންނެވި ދުވަސް ވަރު އަންހެން މުވައްޒަފަކަށް ޖިންސީ ގޮނާ ކުރެއްވި ކަމުގެ ތުހުމަތު އޭރު ކުރެވި އެކޮމިޝަނުގެ މެންބަރުކަމުން އޭނާ ވަކިކުރިއެވެ.
ކޮމިޝަންތަކަށް އައްޔަން ކުރާ މެންބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވާއިރު އޭރު އޭނާ ވަކިކުރުމުން އެމައްސަލަ ސްޕްރީމް ކޯޓާ ހަމައަށް އުފުލި 2013 ވަނަ އެ ކޯޓުން ނިންމާފައި ވަނީ މަޖިލީހުން އޭނާ ވަކިކުރުމަށް ނިންމި ހުރިހާ އިޖުރާއަތު ތަކެއް ބާތިލް ކަމަށެވެ.
އޭގެ ދުވަސްތަކެއްގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ދެން ވަޑައިގަތީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑިޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމަށެވެ.
ފަހުމީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި އޮއްވާ, އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.
އުތުރުގެ ކޮންމެވެސް ރަށެއްގައި މިއީ ވަރަށް އާންމު ކަމެކެވެ. މިވާގޮތެއް އެރަށު މީހުންކައިރީގައި އަހާލީމާ ސާފުވާނެއެވެ. އެރަށު މީހުން މި ސިސްޓަމަށް ކިޔާއުޅެނީ އުބައްޖެހުމެވެ. ކުރިޔަށް އޮތްތަނުގައި މިކަން އާންމުކޮށް ފެނިގެންދާނެއެވެ.
ޢޭބަލަ މިހިރަ ރައީސް މުއިއްޒުއޭ. ޙާދައަވަހަށޭ ތިޔަ ދީފަ އަތުލަނީ. ފަހުމީ 4 ދުވަސް. މުއުނީ 2 ދުވަސް. މަންނާނު 1 ދުވަސް. ޢިލްމާ ހިލްމަކީ މުޅިން 2 އެއްޗެއް.