އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް މިރޭ 10 ޖަހަންދެން ބަހުސްކުރަން ނިންމި ނަމަވެސް، ބަހުސްގައި ބައިވެރިވާނެ މެންބަރަކު ނެތުމުން ނިންމާލައިފިއެވެ.

ބަޖެޓުގެ ބަހުސް އަވަސްކުރުމަށްޓަކައި މިރޭ 10 ޖަހަންދެން ޖަލްސާ ކުރިއަށް ގެންދަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ޖަލްސާގައި އެވަގުތު ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އިތުރު މެންބަރަކު ފުރުސަތަކަށް އެދިވަޑައިނުގަންނަވާ ކަމަށާއި އަދި އެ ވަގުތު ތަޅުމުގައި ތިއްބެވި ހުރިހާ މެންބަރުންނަށް ބަހުސްކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ނިންމާލާ ގަޑި ކަމަށްވާ މެންދުރުފަހު 2:30 ހާއިރު މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.