ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މުޅިން އަލަށް ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ހާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، މި ކައުންސިލް އުފައްދަވާފައި ވަނީ މިއަދު ބޭއްވި އާ ސަރުކާރުގެ ފުރަތަމަ ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

އަދި މި ބައްދަލުވުމުގައި އާ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ މަސައްކަތްތައް ރާއްވަވާ ކުރިއަށްގެންދަވާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ކައުންސިލްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވާފައިވާ ކަމަށް ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުން އެކުލަވާލި ކައުންސިލްތަކާއި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ:

  • ސޯޝަލް ކައުންސިލް - ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް
  • އިކޮނޮމިކް ކައުންސިލް - އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ވިޒިޓާ އިކޮނޮމީ ކައުންސިލް - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ފިރުޒުލް ވިދާޅުވީ، ސޯޝަލް އާއި އިކޮނޮމިކް ކައުންސިލަކީ މީގެ ކުރިން ވެސް ހިމެނޭ ދެ ކައުންސިލް ނަމަވެސް ވިޒިޓާ އިކޮނޮމިކް ކައުންސިލް އަކީ މުއިއްޒު މުޅިން އަލަށް އުފެއްދެވި ކައުންސިލެއް ކަމަށެވެ.

ރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ، ފަތުރުވެރިކަމުގެ އާ ގޮތްތައް ތައާރަފުކޮށް، ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ "ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރަން އެންމެ ބޮޑު އިސްކަމެއް ދޭނީ. ރާއްޖޭގެ ފަތުރުވެރިކަން ބަރޯސަވެފައި އޮތީ ލީޝާ ނުވަތަ ޗުއްޓީ ހޭދަކޮށްލަން އަންނަ ތަނެއް ގޮތަށް. ނަމަވެސް ރައީސްގެ ވިސްނުންފުޅަކީ، ސިއްހަތު، ތައުލީމު، ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ ދާއިރާތަކުން ފުޅާކުރެއްވުން. އާ ހަރުފަތްތަކަށް ފަތުރުވެރިކަން ގެންދެވުން." ކަމަށެވެ.