އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތައް ބަންދުކުރާތީ، ބައެއް ރޫޓުތަކުން އާރްޓީއެލް ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އިން ފެށިގެން އާދިއްތަ ދުވަހު ހަވީރު 15:00 އަށް މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ފުލުހުން ނިންމާފައިވާކަމަށެވެ. އެހެންކަމުން އާރްޓީއެލް ބަހުގެ ހިދުމަތް ހިމެނޭ އާރް 10 އޯކްޑް ރޫޓާ އަދި އާރް 12 ސޯސަން ރޫޓުގެ ބަހުގެ ހިދުމަތް އެ ގަޑީގައި ބަންދުވާނެކަމަށެވެ.

ޑރ.މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 16:00 ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބޮޑު ސަރަޙައްދެއް ބަންދު ކުރުމަށް ހަމަޖެހިފަވާއިރު ފުލުހުން ވަނީ ރަސްމިއްޔާތާ ގުޅިގެން ބަންދުވާނެ ސަރަހައްދުގެ ފްލޯ ޗާޓެއް އާންމުކޮށްފައެވެ.

މި ރަސްމިއްޔާތާއި ގުޅިގެން 1 ނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދުންވެސް ބޮޑު ބައެއް ބަންދުކުރުމަށް ނިންމާފައިވާއިރު މި ސަރަހއްދަށް ވަދެ ނުކުމެ ހެދުން ބަނދު ކުރާނީ މިރޭ 00:00 އިން ފެށިގެން 18 ވަނަ ދުވަހުގެ 15:00 އާއި ހަމައަށެވެ.