ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެ ދޫކުރައްވާ އަމިއްލަ ގެކޮޅަަކަށް ދިރިއުޅުން ބަދަލު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ދެކަނބަލުން ބަދަލުވެވަޑައިގަތީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ ގެ ކަމަށްވާ މ. ސަނީ އަށެވެ.
ރައީސް ސޯލިހާއި، އަނބިކަނބަލުން ފަޒްނާ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ. ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާއިން ސަނީއަށް ބަދަލުވެވަޑައިގެންނެވީ ރިޔާސީ ދައުރު ނޮވެމްބަރު 17 ގައި ފުރިހަމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެ ވަޑައިގަންނަވާނެތީއެވެ.
ރައީސް ސޯލިހު މުލިއާގެއިން ބަދަލުވެވަޑައިގެންނެވި އެ ގޮޅަށް ދެން ވަޑައިގަންނަވާނީ މިމަހުގެ 17 ގައި ހުވާ ކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އާގެއަކީ ރައީސްސުލްޖުމްހޫރީއްޔާ ދެކަނބަލުންނަށް ހާއްސަ ކޮށްފައި ހުންނަ ދައުލަތުގެ ގެކޮޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ވެސް ވަނީ އެބޭބޭފުޅުންގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެގެކޮޅުގައި ދިރިއުޅުއްވާފައެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.
އިންތިހާބީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވާނެ ގެކޮޅެއް އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޮޑު ނާޗަރަނގީ އެއް ކުޅޭ އުސޫލުން މަޖްލީހުގެ އިދާރާ އިން ބޭރުގައި 220 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރާވަރު ކަމެއް ނޫނޭ ތިޔާއީ މިދަނޑިވަޅުފައި އެމެރިކާ އަދި އިންޑިއާގެ ބޮޑުންނަށް ދައުވަތުދީގެން މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް ގެނައުން މިދެނީ ވަރަށް ނުބައި މެސެޖެއް ދުނިޔޭގެ ކަންކޮޅު ތަކުގައި ތިބި މުސްލިމުންނަށް މުއިއްޒު އަށް ހަމަ ނުފެންނަނީބާ އިޒްރޭލުން މަރަމުންދާ ފަކަސްތީނު ކުޑަކުދިންނާއި އާންމުން ނުފެންނަނީތޭ ތަ ފެއްސެންވޫއޭ ތައް ނޭގެއޭ ރަނގަޚަށް ދިވެހި ބަހުން ވާހަކަ ދައްކަން ވެސް ދޯ ތަ ފެއްސެންވީއޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ތަ ތީ ޔަހޫދީއެކޭ