ކުޑަކުއްޖަަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، ނޫހް މުހައްމަދު ނައީމް (35އ)ކެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ނޫހް މުހައްމަދު ނައީމް ހާޒިރު ކުރުމަށް ފުލުހުންކުރި އިއުލާނުގައި އިތުރަށް ބުނީ އޭނާ ފުލުހަށް ހާޒިރު ކުރަނީ މި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.
އެހެންކަމުން ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެެވެ.