ކުޅުދުއްފުށި ސިޓީން މެދު އުމުރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ، ހޯދަމުން ދަނީ އެ ސިޓީ އަށް ނިސްބަތްވާ، އުމުރުން 39 އަހަރުގެ އަބްދުﷲ އިބްރާހީމް ކަމަށެވެ.

އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އަބްދުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރީ އިއްޔެއެވެ.

އެހެންކަމުން އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ކުޅުދުއްފުށި ފުލުހުންގެ އިދާރާ އަށް (9791382)، ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ.

ފަހަކަށް އައިސް މާލެ އާއި އެކި ރަށްރަށުން މީހުން ގެއްލޭ މައްސަލަ އިތުރުވެފައިވާއިރު، އެގޮތަށް ގެއްލިގެން ހޯދަން އިއުލާނު ކުރާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މީހުން ފެންނަކަން ފުލުހުން ފާހަގަކުރެއެވެ.