ފަލަސްތީނު މިނިވަންވަންދެން ޔަހޫދީންގެ ލާއިންސާނިއްޔަތުގެ ވާހަކަ ދައްކަންޖެހޭ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީއިން ބުނީ ޔަހޫދީން ވައިގެ މަގުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށާއި މި ވައިގެ ހަމަލާތަކުގައި ގާޒާގެ މީހުން ދިރިއުޅޭ ސަރަހައްދެއް އެކީހެން ފުނޑުފުނޑު ވެފައިވާ ކަމަށެވެ.

މި ނުބައި ނުލަފާ ޔަހޫދީންގެ ލާއިންސާނިއްޔަތުގެ ވާހަކަ ދައްކާ، ދުނިޔެއަށް މިވާހަކަތަށް އިއްވަން ޖެހޭ ކަމަށާއި ފަލަސްތީނު މިނިވަން ވަންދެން މި އަޑު އުފުލަންޖެހޭ ކަމަށް އައިއޭސީން ބުނެއެވެ.

ޔަހޫދީންގެ އަނިޔާވެރި ވަކިތަކުން ފަލަސްތީނު ރައްކާތެރިކޮށް ސަލާމަތް ކުރައްވާނދޭވެ.
އައިއޭސީ

ފަލަސްތީނަށް އެހީވުމަށް:

  • އެކައުންޓު ނަމްބަރު: 7770000062741
  • އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ބޮން އަޅާ އާންމުން ޝަހީދު ކުރަމުން ދާ އިރު މިހާތަނަށް ޖުމްލަ 6500 މީހަކު ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި ބިމާ ހަމަކޮށްފައި ވާ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 1500 އެއްހާ މީހުންގެ ހަށިގަނޑު ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.