އުރީދޫން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު ހަވީރު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ގޭމިން ތަޖުރިބާއެއް ކުރުމުގެ މަގު ފަހި ކޮށްދިނުމަށް އިންތިޒާމް ކުރި ފެސްޓިވަލެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ:

އޮކްޓޯބަރު - 19

  • މެންދުރު ފަހު 3:30 އިން ހަވީރު 4:00 އަށް: ގޭމާސްގެ ލޭންޑް ހުޅުވުމުގެ ރަސްމިއްޔާތު
  • ހަވީރު 4:00 އިން 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް ފަށުން
  • ހަވީރު 5:00 އިން 6:00 އަށް: ރޭސިން ސިމިއުލޭޓާ މުބާރާތް ފަށުން
  • ރޭގަނޑު 8:00 އިން 11:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗުތައް
  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

އޮކްޓޯބަރު - 20

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

އޮކްޓޯބަރު - 21

  • ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.
  • ރޭގަނޑު 8:00 އިން ރޭގަނޑު 9:00 އަށް: ކޮސްޕްލޭ ޝޯޑައުން
  • ރޭގަނޑު 9:00 އިން 11:00 އަށް: ނިންމުމުގެ ރަސްމިއްޔާތު

މި މުބާރާތްތަކުގައި ރެޖިސްޓާ ވެގެން ވާދަކުރާ ގޭމަރުންގެ އިތުރުން ގޭމާސް ލޭންޑް އަށް ޒިޔާރާތް ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ހަރަކާތްތައް މި އިވެންޓްގައި ހިމަނާފައިވާނެ ކަމަށް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން އެ ހަރަކާތްތަކަކީ:

  • ވީއާރް އެކްސްޕީރިއަންސް ސެންޓަރު: އޮކިއުލަސް ސްޓޭޝަންގައި ވާޗުއަލް ރިއަލިޓީގެ ދުނިޔެއަކަށް ޒިޔާރަތްކޮށް ތަފާތު ގޭމްތައް ކުޅުވޭނެއެވެ. ފަސް މިނެޓަށް އެންމެ 25 ރުފިޔާ އަދި 10 މިނެޓަށް 40 ރުފިޔާއަށް، އޮކިއުލަސް ގެ ގޭމުތައް ތަޖުރިބާކޮށްލެވޭނެ އެވެ.
  • ކްލޯ މެޝިން: އެންމެ 20 ރުފިޔާއަށް ކްލޯ ކޮއިން އެއް ލިބޭއިރު ކްލޯ މެޝިނުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • ކާބޯތަކެތީގެ ސްޓޯލްތައް: ޔޯގާބާ، ކޮކާކޯލާ، އީޓޫއެސް ފުޑް ސްޓޯލް، ވީއާރް ކެފޭ ސްޓޯލް ފަދަ ސްޓޯލް ތަކުން ތަފާތު ކާބޯތަކެތި ވެސް ލިބެން ހުންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެހެންކަމުން މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުދި ބޮޑު އެންމެންނަށް ވެސް އުރީދޫއިން ވަނީ ދައުވަތު އަރުވާފައިވެއެވެ.