ސްޓާޕްލަސް އިން 2012 ވަނަ އަހަރު ދައްކަން ފެށި ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް އަނެއްކާވެސް ލޫޕެއް އަންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ޑްރާމާ ފެށީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހްރާ (ނެތިކް) އާއެކުއެވެ. އެ ޖެނެރޭޝަން ނިމި ފަހުން ދެމީހުންގެ ދަރިން ކަމަށްވާ ނައިރާ (ޝިވާންގީ ޖޯޝީ) އާއި ނަކްޝް ލީޑު ރޯލު ކުޅެން ފެށިއެވެ. ނައިރާ އާއި މޮހޮސިން ހާން (ކާރްތިކް) އާ ދިމާވެ ދެމީހުން ލޯބިވެ ކައިވެނިކުރިއެވެ. އަދި ދެމީހުންނަށް ދަރިން ލިބި ދަރިން ބޮޑެތިވާން ފެށުމުން ޝިވާންގީ އާއި މޮހޮސިން ޑްރާމާ ދޫކޮށްދާން ނިންމިއެވެ. އެއާއެކު ތިން ވަނަ ޖެނެރޭޝަން އާއެކު ނައިރާ އާއި ކާރްތިކްގެ ދަރިން ކަމަށްވާ ޕްރަނާލީ (އަކްޝަރާ)، ކައިރަވް (އަބީރު ސިންހް) ކަރިޝްމާ (އަރޫހީ) ކުޅެން ފެށިއެވެ. މި ޖެނެރޭޝަން ވެގެންދިޔައީ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ޖެނެރޭޝަން އަށެވެ. ޕްރަނާލީ މި ޑްރާމާގެ ލީޑު ރޯލު ކުޅެމުން އަންނައިރު އޭނާ އަށް ހަރްޝަދު ޗޯޕްރާ (އަބީމަންޔޫ) އާ ދިމާވެ ލޯބިވެއެވެ. އަދި ކައިވެނިކޮށް ދެމީހުންނަށް އަބީރު ކިޔާ ދަރިއަކު ލިބެއެވެ.
ޑްރާމާގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އަބީމަންޔޫ އާއި އަކްޝަރާގެ ދަރިންގެ ޖެނެރޭޝަން ވާހަކަތައް ގެންނަން މިހާރު ނިންމާފައިވާ ކަމަށާއި އެ ޖެނެރޭޝަންގެ ވާހަކަ އަންނަ މަހު ފަށާނެއެވެ. އަދި ހަރްޝަދުގެ ފަހު ސީން މި މަހު 30 ވަނަ ދުވަހު ޝޫޓްކުރާއިރު ޕްރަނާލީގެ ފަހު ސީން އަންނަ މަހުގެ 10 ވަނަ ދުވަހު ޝޫޓްކުރާނެއެވެ. މި ޑްރާމާގައި ދެން ލީޑު ރޯލު ކުޅޭނީ ކޮން އާ ތަރިންނެއް ކަމެއް އަދި ހާމަކޮށްފައިނުވެއެވެ.
ކާރްތިކް އާއި ނައިރާގެ ލޯބީގެ ވާހަކައަށްފަހު ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ އަކްޝަރާ އާއި އަބީމަންޔޫގެ ވާހަަކައެވެ. ދެމީހުންގެ ކެމިސްޓްރީ އެހާ ވަރުގަދަވުމާއެކުގައެވެ. ޑްރާމާގެ އާ ކާސްޓަކީ ކޮބައިކަން ބެލުމަށް އިންތިޒާރުކޮށްލާށެވެ.