ދައުލަތުން ނާޖާއިޒް ގޮތުގައި ނެންގެވި ފައިދާ މަދުވީތޯ އައްސަވައި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފާޑުވިދާޅުވެއްޖެއެވެ.
"ނިޔާ ބޭބެ ވެރިކަމުގެ ދަހިވެތިކަމުގެ އަވާގައި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލް ގުޅިފައި އޮތް ސިޔާސީ ޕާޓީ ބައިބައިކޮށް، އެޕާޓީގެ މެންބަރުން މަގުމަތިކޮށް، ދައުލަތުން ނާޖާއިޒް ގޮތުގައި ނެންގެވި ފައިދާ މަދުވެގެންތޯ ތިއުޅުއްވަނީ؟" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް މިފަދައިން ވިދާޅުވެފައި ވަނީ އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކުރުން ބަލައި ނުގަނެވޭނެ ކަމަށާއި އެމްޑީޕީ ރޫޅާ ނުލެވޭނެ ކަމަށް ނިޔާޒް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީއިން މިފަހަރު ފަހަތަށް ޖެހުމެއްނެތް ކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ނިޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު ޝިފާޒް ނިސަބަތްވެ ވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން އަންނަނީ އެމްޑީޕީއިން ވަކިވެ ދަ ޑިމޮކްރެޓްސް އުފައްދަން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތެރޭގައި އޮތް ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ރިޝްވަތާއި ވައްކަމާއި އަދި ފްރޯޑުގެ ބޮޑު ނެޓްވޯކެއް އޮތުމުގެ ސަބަބުން ކަމަށް ބުނަމުންނެވެ.
ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީ އިން ވަނީ ފަށާފައެވެ. މީގެ ކުރިންވެސް މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުމަށް ފަހު އެމްޑީޕީގެ ޕީޖީއިން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އަދި ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީއިން ވަނީ މަސައްކަތް ކޮށްފައެވެ.
އަމިއްލަޔަށް އިސްތިއުފާދެއްވި ރައީސް މަޖިލިސް ރައީސް ކަމުން ދުރުކުރުމަކީ މިގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެންވެސް ކުރުން ލާޒިމް ކަމެއް އިންތިހާބީ ރައީސް އަށްވެސް ސަލާމަތުގެ މަގެއް އޮތީ މިކަން ކޮއްގެން