ހިޔާ ޓަވަރުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން މިރޭ ތަންކޮޅެއް ކުރިން ބުނީ، ހިޔާ ޓަވަރު 6ގެ 12 ވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 12 ޖަހަން ކައިރިވެފައި ހުއްޓާ ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ އަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް އޭރު ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހިޔާ ޓަވަރުން ވެއްޓި އަނިޔާވެފައި ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އޭނާ ނިޔާވެފައިވާ ކަމަށް، ފުލުހުން ބުނީ ދެންމެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެއީ ހާއްސަ އެހީއަށް ބޭނުންވާ ހއ ދިއްދުއަށް ނިސްބަތްވާ ކުއްޖެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.