ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝަރީފަށް ހަމަލާދީފައި ވަނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ ވެސް އައިސްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މެންހެޓަން ބިޒްނަސް ހޮޓަލްގެ ތެރޭގައި ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ޝަރީފްގެ ބަހެއް ހޯދަން "ދަ ޕްރެސް" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ޝަރީފަށް ހަމަލާދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ނިހާދަށް ގުރޫޕަކުން ހަމަލާދީފައިވަނީ ހިނގި ޒުވާބެއްގެ ތެރެއިންކަމަށް މައުލޫމާތު ލިބިފއިވާއިރު އެ ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ.