ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނިހާދަށް ގުރޫޕަކުން ހަމަލާދީފައި ވަނީ ހިނގި ޒުވާބެއްގެ ތެރެއިންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މި ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ.
ފޭދޫ ވޯޓުލާ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
އެންމެ ފަހުން ހަބަރު ލިބުނު ގޮތުގައި ނިހާދު މިހާރު ވަނީ އިތުރު ފަރުވާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނިހާދަށް ހަމަލާ ދިން މައްސަލައެއް ފެންމަތިވި އިރު އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ވެސް ބަޔަކު ހަމަލާ ދިން މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ.
އެ ހަމަލާ އޭނާ އަށް ދީފައިވަނީ މެންހަޓަން ބިޒިނަސް ސްކޫލުގައި ހުންނަވަނިކޮށް ކަމަށާއި އެ ހަމަލާގައި އޭނާގެ ލޯމަތި ދުޅަވެ އަދި ލޭ އައިސްފައި ހުރިކަން ފާހަގަވެއެވެ.
އެތައް ބައެއްގެ އަތުން އައިޑީ ކާޑު ހޯދާފަ ފައިސާ ނުދިނީމަ ވާނެ ގޮތް އެ ފެންނަނީ.. ބަހަންދިން ފައިސާ ބަޑުދަށަޢް ލައިގެން އަވަހާރަފުޅު ވީ... މާވަގުން އިބޫގެ ހަލާކު.
ގަޔަށް ބޮލަށް ނާރާވެސް ބަހުސް ކުރެވިދާނެ ދޯ...