އޮސްޓްރިއާގެ ސަލްޒްބާގް ގައި ހުންނަ ޑަޝްޓެއިން ފަރުބަދަ ތަކަށް އަރަން ހަދާފައި ހުންނަ ދިގު ހަރުގަނޑުން ވެއްޓި ޒުވާނަކު މަރުވެއްޖެއެވެ.

'ސްޓެއާވޭ ޓް ހެވަން' ނުވަތަ ސުވަރުގެއަށް ދާ ހަރުގަނޑުގެ ގޮތުގައި މަޝްހޫރު ކޮށްފައި ވާ މި ހަރުގަނޑަށް އަރަން ޖެހެނީ ސޭފްޓީ ލައިގެން ނަމަވެސް އުމުރުން 42 އަހަރުގެ ޒުވާނާ އެރީ އެފަދަ އެއްޗެއް ނެތިއެވެ. 40 މީޓަރު ދިގު އެ ހަރުގަނޑުން އޭނާ އަަރަމުން ދަނިކޮށް ކައްސާލައިގެން ވެއްޓުނީ، ދެފަރުބަދަ ދޭތެރޭގައި އޮންނަ ވެލީ އަށެވެ. އެއީ އޭނާ ވެއްޓުނު ހިސާބުން 300 ފޫޓު ފުނެވެ.

ސޯޝަލްމީޑިއާ ޕްލެޓްފޯމެއް ކަމަށް ވާ އިންސްޓަގްރާމުގައި 'ފޮނި ދައްކަން' ގިނަ ބަޔަކު އެ ހަރުގަނޑަށް އަރާ ކްލިޕް ހަދާ ހިއްސާ ކޮށްފައި ހުރެއެވެ.

https://www.instagram.com/p/Cv9HXC9o36t/?utm_source=ig_web_copy_link

މި ޒުވާނާ އެ ހަރުގަނޑަށް އެރީ އެހީތެރިއަކުވެސް ނެތި އެކަނި ކަމަށް ބެލެވޭ އިރު އޮފިޝަލުން ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

އިތުރަށް އޮފިޝަލުން ބުނީ، ވެއްޓުނު ޒުވާނާ ހެލިކޮޕްޓަރުގެ އެހީގައި ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި ކަމަށެވެ.