މިދިޔަ މެއި މަހު މަދަނީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަހްމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އެނގިވައި ވާ އިރު އެ ހާދިސާ ހިނގީ ގޭގައި އުޅުއްވަނިކޮށް ކަމަށާއި ހާލު ދެރަވެގެން އައިޖީއެމްހޮސްޕިޓަލަށް ގެންދިޔަ އިރު އަވަހާރަވެއްޖެ ކަމަށް ވަނީ އެނގިފައެވެ.

ނިމާލުގެ މައްޗަށް ކުރެވެ ކަށިނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކުތުގައި ބޭއްވުމަށް ހަމަޖެހިފައި ވާ އިރު އަވަހާރަ ވި އިރު އުމުރުފުޅަކީ 36 އަހަރެވެ.

ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަހަރުގެ މާޗް މަހުއެވެ. ޗިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން އެ މަގާމަށް އައްޔަން ކުރެއްވި ނިމާލަކީ ގާބިލު ބޭފުޅެއް ކަމަށާއި، އޭނާ އިއްޔެވެސް އޮފީހަށް ނިކުމެ ވަޑައިގެން މަސައްކަތުގައި އުޅުއްވާފައި ވެއެވެ.

ނިމާލް އަކީ ގއ. މާމެންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.