މިއަދު ސޯސަންމަގުގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ސޯސަންމަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރުފަހު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި އެކަކަށް އަނިޔާވެފައި ވާއިރު އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ލިބިފައިވާ ގެއްލުން އަދި ނުބަން ނޭނގޭ ކަމަށާއި މި މައްސަލައާ ގުޅިގެން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި އަނިޔާވި މީހާއަށް ހަމަލާ ދީފައި ވަނީ މަރުތެޔޮލެއް ބޭނުންކޮށްގެންނެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ސޯސަންމަގު ވީޓީވީ ސަރަހައްދުގައެވެ.