ނ. ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއޫގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 5، 2023 ވަނަ ދުވަހު ކަމަށެވެ،

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާ، އައިސީޓީ ލެބަކާ، ލައިބްރަރީ އެއްގެ އިތުރުން 2 ވޯކްޝޮޕް ހުންނާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު ސޮއިކޮށްފައި ވަނީ އޮގަސްޓް 10، 2023 ވަނަ ދުވަހުއެވެ.

ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.