ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްއޫދު ހަކުރު ބައްޔަށް ބޭސްކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އޭނާ ނިޔާވީ އެ ބަލީގެ އިތުރު ފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔަތަނުން ކުއްލި ގޮތަކަށެވެ.

މަސްއޫދަކީ މަޝްހޫރު އެތައް އަމިއްލަ ރާގުތަކެއް އުފައްދައި ރީތި ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ.

"ދީފާ ހިތާމޭ އާދޭސް ކުރީމޭ" އާއި "ނޫރޭ މި ލޯބިން ދިއްލި އުޖާލާ" އަކީ އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މަސްއޫދުގެ 2 ލަވައެވެ.

މަސްއޫދުއަކީ ދިވެހި ފިލް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު، ޑިރެކްޓަރު އަދި ޕްރޮޑިއުސަރު އަހްމަދު ނިމާލްގެ ދޮން ބައްޕައެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ލިލީތާ މަސްއޫދުގެ ބައްޕައެވެ.

މަސްއޫދަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލްހަންނާން މޫސާ ދީދީގެ ބޭބެވެސް މެއެވެ.