މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ރޭ ކ. ތުލުސްދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕްކުރަނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ. އެގޮތުން މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްުމުން ވެސް އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޖުމްލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕްކުރަނީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބަޔާންކުރާ އެ ކަމާ ގުޅޭ މާއްދާ ސަސްޕެންޑް ކޮށްގެން ކަމަށާއި އެކަން އެ ގޮތަށް ކުރީ ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތު މި ސަރުކާރުން އޮތީމާ އޭގެ ނާޖާއިޒް ބޭނުން ކޮށްގެން ކަމަށެވެ.
މުއިއްޒުގެ ވެރިކަމެއްގައި އިގްތިސާދީ ސިޔާސަތަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށާއި އަދި ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބުނާ މާއްދާ ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލާ، ފައިސާ ޗާޕްކުރުން ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ދިވެހިންގެ އަމިއްލަވަންތަ ކަމަށާއި، މަސްވެރިިކަމުގެ ސިނާއަތަށް އިހުމާލުވަމުން ދަނީ ސަރުކާރު ދޯހަޅިވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ދުރާލައި ރާވައިގެން އެހެން ކަންތައްތަކަކަށް މަގު ފަހިކުރަން ކުރަމުންދާ ކަންތައްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ހާރިޖީ ސިޔާސަތުތައް ބަދަލު ކުރައްވާނެ ކަމަށް ވައުދު ވެވަަޑައިގެންފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގުޅުން ބަދަހި ކުރާނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް އިހުތިރާމު ކުރާ ގައުމުތަކާއެކު ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިޒު މާރީއްޗެއްނޫ ތިވާހަކަ ދައްކާކަށެއް ކުރީ ސަރުކާރުން ޗާޕުކުރި. ދެކޮންޓީނާ ފައިސާއަށް ވީގޮތް އެންމެ ކައިރިން އެނގޭނެ މީހަކީ މުއިޒަށް މިހަގީގަތް