ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި އެމްޑީޕީ އާ ގުޅި، ކައިޒީން ވަނީ އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފައެވެ.

ކައިޒީންގެ އިތުރުން ވެސް އެހެނިހެން ބައެއް މަޝްހޫރު ފަންނާނުންނާއި އިންފްލިއެންސަރުން މި ފަހުން އެމްޑީޕީ އަށް ސޮއިކޮށް، ކެމްޕެއިން ހަރަކާތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ ފާތިމަތު ފަރީލާ އާއި ހުސައިން ސަބާހު ހިމެނެއެވެ.

އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދި ކައިޒީންގެ 141 ލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން މިހާރު ވެސް އެބަ ތިއްބެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އޭނާ މިހާރު ހަރަކާތްތެރިކޮށް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.