ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫއު ދަށުނ،ް 22,408 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއ،ި 390 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 130 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 225 މީޓަރުގެ ބްރިޖެއް އެޅުމާއ،ި 3،006 އަކަ މީޓަރުގެ ކެރިއެޖްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 85 މީޓަރުގެ ރިޓެއިނިން ވޯލްއެއް ހެދުމާއ،ި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 75.2 މިލިއަން ރުފިޔާއެވެ. މި މަޝްރޫއަކީ 500 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މަޝްރޫއުއެކެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށް ފަހު ކަމަށެވެ.

އިތުރަށް އެމްޓީސީސީ އިން ބުނީ މި ދެ ރަށަކީ މުސްތަގުބަލުގައި ރައްޔިތުންނަށް ވެސް އިގްތިސާދީ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު އޮތް ރަށަކަށް ވުމާއެކު މި ކޯޒްވޭ ވެގެން ދާނ،ީ ހިތަދޫ އަށް ވެސް އަދި ކުނަހަންދޫ އަށް ވެސް ދިރުން ގެނުވާނެ ކޯޒްވޭ އަކަށް ކަަމަށެވެ.