ބާގާ ކިންގުން ފޮޓޯގައި ދައްކާ ހާ ބޮޑުކޮށް އަސްލު ބާގާ ހަދާފައި ނުހުންނަ މައްސަލައިގައި މީހަކު ދައުވާ ކޮށްފިއެވެ. އެމެރިކާގައި މިކަން ހިނގާފައި ވާ އިރު ރާއްޖޭގައި ހުންނަ ބާގާ ކިންގުންވެސް ފޮޓޯގައި ދައްކާ ބާގާ ނުވަތަ ބަކެޓްތައް އެ ސައިޒުގައި ނުލިބޭ ކަމުގެ ޝަކުވާ ބައެއް ކަސްޓަމުން ކުރެއެވެ.

ދައުވާ ހުށަހެޅި ފަރާތުން ބުނީ، ފޮޓޯގައި ބާގާ ފުރާ އެއްޗެއްހި އަޅާ މީރުވާނޭހެން ހަދާ ފޮޓޯ ދައްކާފައި އޮންނަ އެއްޗާއި ގަންނަން ދިޔައިމާ ލިބޭ އެތި އަޅާ ކިޔާ އިރު 33 ޕަސެންޓް ކުޑަ ކަމަށެވެ. އެއީ ކަސްޓަމަރުން އޮޅުވާލުން ކަމަށާއި އެހެން ކަމުން ބާގާ ކިންގާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މި މައްސަލަގައި ވާގާ ކިންގުން ކޯޓުގައި ބުނެފައި ވަނީ، ފޮޓޯގައި ދައްކާ ބާގާ އޮންނަ ގޮތަށް ޑެލިވާ ކުރާ ބާގާ އޮންނަ ނުޖެހޭނެ ކަމަށާއި ކުރަނީ ހަނަމުޖެހޭ ތުހުމަތުތަކެއް ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު ވިދާޅުވެފައި ވަނީ، އެކަށީގެންވާ ސައިޒަކީ ކޮބައިކަން ނިންމާނީ ޖޫރީން ކަމަށާއި ޓީވީ އާއި އެނޫންވެސް މަންސަތަކުން ދައްކާ ބާގާ ކިންގްގެ އިޝްތިހާރުތަކުގައި ސައިޒާ ގުޅޭގޮތުން އޮޅުވާލުން އޮތްކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ބާގާ ކިންގުގެ ތަޖުރަމާން މި މައްސަލައިގައި ވާހަކަ ދައްކަމުން ބުނީ، އެމީހުން ފޯރުކޮށްދޭ ބާގާއަށް އަޅަނީވެސް އަދި އެއަށް ލާ މަސްކޮޅު ނުވަތަ ބީފްކޮޅަކީ ހަމަ އިޝްތިހާރުތަކުގައި ދައްކާ އެއްޗެހި ކަމަށާއި އެތައް މިލިއަނެއްގެ ސޭންޑްވިޗާއި ބާގާ ހަދާ މުޅި އެމެރިކާއަށް ޑެލިވާ ކޮށްދެމުން ގެންދަނީ އެއުސޫލުން ކަމަށެވެ.

މިފަދަ މައްސަލައެއް މީގެ ކުރިން މެކްޑޮނާލްޑާއި ވެންޑީސް އަށް ވެސް ކުރިމަތިވިއެވެ. އަދި ޓެކޯ ބެލް އިން ވިއްކާ ޕިއްޒާ އާއި ރެޕްސްގައި އިޝްތިހާރުގައި ދައްކާ މިންވަރަށް ތަކެތި އަޅާ ފުރާފައި ނުވާ މައްސަލައެއްގައި މިއަހަރުގެ ތެރޭގައި ޖޫރިމަނާވެފައި ވެސް ވެއެވެ.