ޕްލާސްޓިކް ހޮޅިތަކެއް އޮޔާދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް، ޅ. އޮޅުވެލިފުށީގެ ދެކުނުން ގާތްގަނޑަކަށް 4 މޭލު ބޭރުން ކޮޅިގަނޑެއްގައި ޖެހުނު "އުނބުށޭމު" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓުނު ޕްލާސްޓިކް ހޮޅިތަކެއް އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވާ ކަމަށެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައި ވާއިރު މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ރޭ ފަތިހު 05:40 ހާއިރުއެވެ.

މި ހޮޅިތައް ފެންމަތީގައި ހުރެ، އެ ސަރަހައްދުން ހުޅަނގު ދެކުނަށް އޮޔާ ގޮސްދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކުން ރައްކާތެރި ވުމަށް، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.