އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ހުންނެވީ މަލަމަތި ދައްކަވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.
ގާސިމް ވިދާޅުވީ ސިޔާމް ރައީސް ސޯލިހްގެ ފަޅީގައި ހުންނެވީ އޭނާގެ މައްސަލައެއް ކޯޓެއްގައި އޮތުމުން ނުވަތަ ކޯޓަކަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާއެއް އޮތުމުން ސަރުކާރުން ޕްރެޝާކޮށް ވަކި ގޮތަކަށް ކަންކަން ކުރައްވަފާނެތީ ކަމަށެވެ.
ސިޔާމް ރައީސް ސޯލިހްގެ ފަޅީގައި ހުންނެވީ މަލައިމަތި ދައްކަވައިގެން ކަމަށާއި އޭނާ ގާސިމްއަށް ވޯޓު ލައްވާނެ ކަމަށް ގާސިމް އަރިހުގައި ވިދާޅުވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި އެމްޑީއޭގެ ސަޕޯޓަރުން ގާސިމްއަށް ވޯޓުލުމަށް އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ސިޔާމްއަކީ ވަރަށް ގާތް ބޭފުޅެއް އަދި "ޖިގްރީ ދޯސްތް" އެއް ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެހެންވީމާ އެހެން ކެންޑިޑޭޓަކަށް އޭނާ [ސިޔާމް] ވޯޓު ނުލައްވާނެ ކަން ޔަގީންވާ ކަމުގައެވެ.
ސިޔާމްއަކީ ވަރަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށާއި އޭނާ އަބަދުވެސް ހުންނަވާނީ ސަރުކާރު ފަޅީގައި ކަމަށް ވިދާޅުވެ ސަމާސާ ގޮތެއްގައި ވިދާޅުވީ، އެހެން ވިޔަސް ސިޔާމް ހުންނަވާ ފަޅިއެއް އިންތިހާބު ނިމޭއިރު ވެރިކަމަށް ނުހޮވޭ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސަރުކާރު ބަދަލުވުމާއެކު ސިޔާމް އަނެއްކާވެސް ސަރުކާރާ އެއްކޮޅަށް ދީއްލާލަނީ ކަމަށެވެ. އެހެންކަމުން އޭނާއަށް އެއްވެސް މަލަރެއް [އެތިފަހަރެއް، ދަތިކުރުމުމުގެ ފިޔަވަޅެއް ނުވަތަ ފިއްތުމެއް] ނާންނާނެ ކަމަށާއި ނަމަވެސް އެއާހިލާފަށް ގާސިމްއަށާއި ގާސިމްގެ އަނބިދަރިންނަށް މަލަރު އައިސް އުލުބައިންދާ ހަމައަށް ކަންކަންދާ ކަމަށެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހްއަށް ހީފުޅުވެ ވަޑައިގަންނަވަނީ ދައުލަތުން ލިބޭ ރުފިޔާ ހަރަދު ކުރައްވައިގެން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ނެރެ ދިދަ ދަމާ ހެދީމައި ރައްޔިތުން ވޯޓު ދޭނެކަމަށް ކަމަށާއި އެހެން ނަމަވެސް އެކަން އެހެން ނުވާނެ ކަމަށެވެ.
ވެރިކަމަށް ނިކުމެ މިހާރު ރައްޔިތުންނަށް ދޮގުހަދަން ވެސް ފެށުނީތަ