ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލިކޮށްފިއެވެ.

300 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއ،ި 20.40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހުއެވެ.

ހާއްސަ ރަސްމިއްޔާތަކާއެކު މި މަޝްރޫއުގެ ސޮއި ކޮށްފައި ވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު އެވެ.

1200 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑުގޮތެއްގައި މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން މަތީ ފަންތީގައި ހިންގަމުންދާ 7 ރިސޯޓެއް އެ އަތޮޅުގައި މިހާރުވެސް އޮތްއިރު ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުން ދަނީ ރިސޯޓްތަކުގައެވެ.

ރަށުގެ މުސްތަގުބަލަށާއި އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްޓަކައި ރަށަށް ބިން އިތުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރަށު ރައްޔިތުން ދެކޭއިރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން މާފަރުގެ މުސްތަގުބަލު އިތުރަށް އުޖާލާކޮށް ދިރުވުމަށްޓަކައި ރަށު ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ބުންޏެވެ.