ޑެންމާކުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން (މުސްހަފް) އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ގުރުއާން އެންދުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ މިދަފަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައި ނުދެކެވޭނެ ކަމަށެވެ.

ނަސްލީ ތަފާތުކުރުން ނައްތާލުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެފަދަ އަމަލުތަކަށް ފުރުސަތު ދިނުމަކީ މުޖުތަމައުތަކުގެ މެދުގައި ބިރުވެރިކަން އުފެދި ތަފާތުކުރުންތައް ނައްތާލުމުގައި ލިބިފައިވާ ކުރިއެރުންތައް ނެތިގެން ހިނގައިދާނެ ކަމަށް ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ، ތަޙައްމަލު ނުކުރުމާއި އިތުބާރު ނެތްކަމުގެ މާހައުލެއް އުފެއްދުމަށް ޚިދުމަތްކުރާ ކަމެކެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުތަކުން ތެދުވެ އެކީ މަސައްކަތް ފަށަންވެއްޖެ ކަމަށެވެ. އަދި ހިޔާލު ތަފާތުވުންތަކާއި ނަފްރަތާއި އަދި މުސްލިމުންނާމެދު ގެންގުޅޭ ތަފާތު ކުރުންތަކުން އަރައިގަންނަން އެންމެން އެކީ މަސައްކަތްކޮށް ސުލްހަވެރި ކަމާއެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.

އިސްލާމްދީނާ މެދު ދީނީ ނަފްރަތު އުފެދޭ ފަދަ ގޮތައް ކުރަމުންދާ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މުއައްސަސާތަކަށް ގޮވާލާފައެވެ.