ހާރިޖީ ދާއިރާއިން މީހުން ބިނާކުރަންް އެއްބާރުލުން ދިނުމަށް މިސްރާއެކު ދިވެހިރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކޮށް ތަޖުރިބާ ބަދަލުކުރުމާއި، ޑިޕްލޮމެޓިކް ހުނަރާއި އިލްމު ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށެވެ.

މީގެ އިތުރުން މިއީ ރާއްޖެއާއި މިސްރާ ދެމެދު ޑިޕްލޮމެޓިކް ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު ކަމަށެވެ. އަދި މިސްރުގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓާ ފޯ އޭޝިއަން އެފެއާޒް އައިމަން ކަމެލް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖެ އާއި މިސްރާ ދެމެދު މިހާރު ކުރިއަށްދާ ބައިލެޓްރަކް ޕޮލިޓިކަލް ކޮންސަލްޓޭޝަންގެ ދެވަނަ ބުރުގެ ހަވާސާގެ ތެރެެއިންނެވެ.