މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 13 ދާއިރާއެއްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޕީ އިން ބުނީ، އެ 13 ދާއިރާގެ ހުސްވެފައިވާ މަގާމުތަކުގެ ތެރޭގައި އެ ދާއިރާތަކުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު ހިމެނޭ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 9 އަކުން 16 އާ ދެމެދު ފޯމް ހުށަހެޅޭނެ ކަމަށް އެމްއެންޕީން ބުނެއެވެ،

ދާއިރާތަކުގެ ރައީސުން ބޭނުންވާ ދާއިރާތަކަކީ ހިތަދޫ ދެކުނު ދާއިރާ، ފުވައްމުލަކު މެދުދާއިރާ، މަހިބަދޫ ދާއިރާ، ކަނޑިތީމު ދާއިރާ، ހޮޅުދޫ ދާއިރާ، ކެނދިކުޅުދޫ ދައިރާ، ދުވާފަރު ދާއިރާ، އަދި ކެލާ ދާއިރާއެވެ. ނައިބު ރައީސުންގެ މަގާމު ހުސްވެފައިވާ ދާއިރާތަކަކީ ދާންދޫ ދާއިރާ، ފަރެސް މާތޮޑާ ދާއިރާ، މަނަދޫ ދާއިރާ އަދި މަރަދޫ ދާއިރާއެވެ. މީގެ އިތުރުން ޔޫތުވިންގްޑެ ޕިއުޓީ ލީޑަރުގެ މަގާމަށް ވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާޑް ކޮޕީ އަދި ވަނަވަރާއެކު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯއަށް ވަޑައިގެން ފޯމް ހުށަހެޅުމަށް އެމްއެންޕީން ބުނެއެވެ. ނުވަތަ އެ ޕާޓީގެ މެއިލް އަށް މެއިލް ކުރެވިދާނެ ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ އެމްއެންޕީ އޮފީހުގެ ނަންބަރު 9708080 ނުވަތަ 9301177 އާ ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެމްއެންޕީން ބުނެއެވެ.