ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ލިބުނީ ރޭ 12:30 ހާއިރު ކަމަށާޢި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ދަ ޕްރެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނާއަށް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރެވެ.

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.