އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ސ.ފޭދޫ، އާފަރު، ފާތިމަތު ލަމްހާ އައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ލަމްހާ އެ މަގާމަށް އައްޔަން ކުރީ، ގާނޫނު ނަންބަރު 3/2013 ގެ 12 ވަނަ މާއްދާގެ (ޒ)ގެ 2 ގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން ހަވާލު ކޮށްފައެވެ. ލަމްހާއަށް ލިޔުން ހަވާލުކޯށް ދެއްވީ ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒެވެ.

ލަމްހާ ވަނީ 2019 ވަނަ އަހަރު މެލޭޝިއާގެ ޔޫއެސްއައި ޔުނިވާސިޓީން ޓެކްނޯޕްރޮނޯޝިޕް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން 2010 ވަނަ އަހަރު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗްލާ އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިން ވެސް އޭނާ ވަނީ ހާސިލް ކުރައްވާފައެވެ. އަދި ލަމްހާ ވަނީ އޭސީސީއޭގެ ޕާޓް2 ވެސް ހާސިލް ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ލަމްހާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކކުގައު އެކި ދުވަސްވަރުގެ ތެރޭގައި މެނޭޖްމަންޓް ލެވެލްގެ މަގާމަތްތައް ފުރުއްވާފައެވެ. އެގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންތް ކޯޕަރޭޝަންގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމާއި ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެން ކޯޕަރޭޓް އެފެއާޒްގެ މަގާމުގެ އިތރުުން ސީނިއާ އޮފިސާގެ މަގާމާއި އެފްޖޭއެސް އެސޯސިއޭޓްގެ އޮޑިޓް ސުޕަވައިޒާގެ މަގާމާއި އައިލެންޑް އޭވިއޭޝަންގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

މީގެ ކުރިން ލަމްހާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެޑިރެކްތަރުންގެ ބޯޑުގެ ނޮން އެގްޒެކެޓިވް މެންބަރު ކަމުގެ މަގާމުގެ ވެސް ފުރުއްވާފައެވެ. މިހާރު އޭނާ ހުންނެވީ އެ ތަނުގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައެވެ.