މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ހައްޖު މިޝަން އިން ބުނީ މިއަދު ނިޔާވެފައި ވަނީ ހއ.ކެލާ، ސީސާންގެ، އަލީ ގާސިމް (81އ) ކަމަށެވެ. އޭނާ އަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިއެކެވެ. މޯލްޑިވްސް ހައްޖު މިޝަން އިން ބުނީ އޭނާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މިއީ މިއަހަރު ރާއްޖެއިން ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވި 4 ވަނަ ހައްޖާޖީއެވެ.

މީގެ ކުރިން ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ގާސިމް އިބްރާހިމް އާއި ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72) އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހައްޖަށް ދިޔަ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ (72) ވަނީ ނިޔާވެފައެވެ.